‏ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016”: ޓީމް ޔެންކީ އާއި ސަންރޭ މޮޅުވެއްޖެ‏

img_6672

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ތިން ވަނަމެޗާއި ހަތަރު ވަނަ މެޗް ކާމިޔާބުކުރީ ޓީމް ޔެންކީ އާއި ޓީމް ސަންރޭއެވެ.

ޓީމް ޔެންކީ މެޗު ކާމިޔާބުކުރީ 7-4 ލަނޑުން، ޓީމް އޮސްކަރގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޝަރަފް ޝާކިރުއެވެ. ޝަރަފް ޝާކިރު ވަނީ މި މެޗްގައި މޮޅު ކުޅުމެއްދައްކައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ހަތަރުވަނަ މެޗް ޓީމް ސަންރޭ ކާމިޔާބުކުރީ 8-6 ލަނޑުން ޓީމް ރެކަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސަންރޭއަށް ހަތަރު ލަނޑުޖަހައިދިން އިބްރާހިމް ހަލީމްއެވެ.

މި މުބާރާތުގައި މިއަދުކުޅުމަށް ހަމަޖެހިފައިވަނީ ޓީމް އޮސްކަރ އާއި ޓީމް ރެއިޑަރސް އަދި ޓީމް ރެކަން އާއި ޓީމް ޔޭންކީއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *