އެމްސީއެސް އިން ފުލުހުންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކާބެހޭ މަޢުލޫމާތުދީފި

އެމްސީއެސްއިން ފުލުހުންނަށް ބޭއްވި ސެޝަންގެ ތެރެއިން

ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ “ޕްރޮފެޝަނަލް ޓްރެއިނިންގ ފޯރ ކަސްޓޯޑިއަލް އޮފިސަރ” ޓްރެއިނިންގ ކޯހުގައި ބައިވެރިވާ ފުލުހުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެމްސީއެސްގެ ދައުރާއި ރިހެބިލިޓޭޝަން ފްރޭމްވަރކާބެހޭގޮތުން މަޢުލޫމާތު ދީފިއެވެ.

އިސްކަންދަރު ކޮށީގައި އޮތް މި މަޢުލޫމާތު ސެޝަންގައި ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކާއި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފިޔަވަހިތަކުގައި އެކުލެވޭ ބައިތަކާބެހޭ މައުލޫމާތު ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

viber-image1

މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދައުރާއި ގާނޫނީގޮތުން ލިބިފައިވާ ބާރުތަކުގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާމެދު އަމަލުކުރަމުންދާ ގޮތްތަކާބެހޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މި ސެޝަން ނަގައިދެއްވީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.