“ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016” ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016 ފުޓްސަލް މުބާރާތުގެ ގުރުލުމުގެ ޙަފްލާގެ ެތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން، އައްސޭރި ޖަލުގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގެ ޙަފްލާ ރޭ އެ ޖަލުގައި ބާއްވައިފިއެވެ.

ރޭގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މިއަދުން ފެށިގެން މިމަހުގެ 26 ށް ރޭވިފައިވާ މި މުބާރާތުގެ މަޤްޞަދަކީ އައްސޭރި ޖަލުގެ ސެކްޝަންތަކުގައި ތިބި އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް،  ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމުގައި ހެދުމެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގައި މި އަހަރު ވާދަކުރަނީ ޖުމްލަ ފަސް ޓީމެވެ. އެއީ ސަންރޭ، އޮސްކާ، ރެކަން، ރޭޑާސް، ޔެންކީއެވެ.

މި މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ  ހަތަރު ޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލް މެޗުން މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަކުރާއިރު، ތިންވަނަ ޓީމް ހޮވާގޮތަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުން ބަލިވާ ދެޓީމްގެ މެދުގައި ކުޅޭ މެޗުންނެވެ.

މިއަދު ކުޅޭ ފުރަތަމަ މެޗުގައި ޓީމް ސަންރޭ އާއި ޓީމް ޔެންކީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މިއަދުގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޓީމް ރޭޑާސް އަދި ޓީމް ރެކަންއެވެ.