“ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016”: އެއްވެސް މެޗަކުން ބަލިނުވެ ޓީމް އެޗްކިއު ޗެމްޕިއަންކަން ހޯދައިފި

ޓީމް އެޗްކިއުގެ ކުޅުންތެރިންނާއި ސަޕޯޓަރުން
ޓީމް އެޗްކިއުގެ ކުޅުންތެރިންނާއި ސަޕޯޓަރުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް 2016″ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް އެޗްކިއު ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗްގައި ފުރަތަމަ ލަނޑުޖެހީ އެފްސީ މޯނިންގ ޝިފްޓްގެ އިސްމާޢީލް ޒަރީރެވެ. ނަމަވެސް އޭގެ 6 މިނެޓް ފަހުން ޓީމް އެޗްކިއުގެ ހަމްދޫން ރަޝީދު ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1 ން އެއްވަރު ވެގެންނެވެ.

_mg_5949

އެހެންނަމަވެސް ފަހުހާފުގައި ޓީމް އެޗްކިއުގެ ކުޅުން ރަނގަޅުކޮށް އިތުރު ފަސް ލަނޑު ކާމިޔާބު ކުރިއެވެ. އެގޮތުން އެޗްކިއު ޓީމްގެ ހަމްދޫން ރަޝީދު ވަނީ މި މެޗްގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އަދި އަޙްމަދު ޝާފީގެ ދެލަނޑާއި މޫސާ ޙަސަންފުޅު ޖެހި ލަނޑުން، ޓީމް އެޗްކިއު ޗެމްޕިއަންކަން ހޯދީ 6-1 ލަނޑުންނެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ހަމްދޫން ރަޝީދުއެވެ.

_mg_6079

“އިދިކޮޅު ޓީމުން އެއްލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރާ ލަނޑުޖެހުމަށް ހިތްވަރުލިބުނީ ހަމަ ސަޕޯޓަރުންގެ ސަޕޯޓުން.” ހަމްދޫން ރަޝީދު އުފަލާއެކު ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ޓީމް އެޗްކިއުގެ މޫސާ ޙަސަން ފުޅާއި ގޯލް ކީޕަރު އަޙްމަދު ނަސީމްއަކީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.

_mg_6362

މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ޓީމް އެޗްޑީސީއެވެ. ޓީމް އެޗްޑީސީއަކީ “އެސްކޯޓް ޗެލެންޖް ކަޕް 2015” ގެ ޗެމްޕިއަން ޓީމެވެ.

ރޭ ކުޅުނު ފައިނަލް މެޗަށްފަހު، މުބާރާތުގެ އެކި މަޤާމުތަކަށް ހޮވުނު ފަރާތްތަކަށްވަނީ ތައްޓާއި، މެޑަލްއާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ.

ޓީމް އެޗްކިއުގެ ކެޕްޓަން އާދަމް މަންސޫރު ވިދާޅުވީ މި ކާމިޔާބީގެ ސިއްރަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި މެނޭޖްމަންޓްގެ މެދުގައި އޮތް އެކުވެރިކަމާއި ރޫހާއި، އެންމެންގެ މެދުގައި މިކަމަށް އޮތް ފޯރި ދައްކައިދިނުން ކަމަށެވެ. އަދި ސަޕޯޓަރުން މިގޮތަށް ތިބިއްޔާ ކުރިއަށް އޮތްތާނގައިވެސް މިފަދަ މުބާރާތްތައް ކާމިޔާބުކުރުމަކީ ބޮޑުކަމަކަށް ނުވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *