‏މަސްރޭސް 2016‏ ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލާއި އަދި އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަރަކާތް ތަކުގެ ތެރެއިން މަސް ރޭހެއް އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހަވީރު 5:00 ން ރޭ 10:00 އަށް ކުރިއަށް ދިޔަ މި މަސްރޭހުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މި ރޭހުގައި އެންމެ ބޮޑު މަސް ބާނާފައިވަނީ އެޑްމިން ޓީމެވެ. އަދި ރޭހުގެ އެއްވަނަ ހޯދާފައިވަނީ އެންމެ ގިނަ މަސްބޭނި ލޮޖިސްޓިކްސް ޓީމެވެ.

މި މަސް ރޭހުގެ މަގްސަދަކީ މާފުށީ ޖަލާއި އީއެސްޖީގެ އަހަރީ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރުމަށް ފައިސާ ހޯދުމާއި، އޮފިސަރުންނާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުވުމެވެ.

ކުރިއަށް އޮތް ދުވަސްތަކަށް ބަހާލައިގެން މިފަދަ ކުލަގަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް  ރާވާފައިވާކަމަށްވެސް މާފުށީ ޖަލުން މަޢުލޫމާތު ދެއްވައެވެ.