‏”ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″: ޓީމް އެސްއެމްޓީ ދެވަނަމެޗްގެ ކުޅުން ‏‏ރަނގަޅުކޮށްފި‏

އެސްއެމްޓީ އާއި އެފްސީ ބްރާވޯ ކުޅުނު މެޗްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް 2016″ ފުޓްސަލް މުބާރާތުގެ ރޭގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ޓީމް އެސްއެމްޓީއެވެ.

ޓީމް އެސްއެމްޓީ މެޗް ކާމިޔާބުކުރީ 6-2 ލަނޑުން އެފްސީ ބްރާވޯގެ މައްޗަށް ކުރިހޯދައިގެންނެވެ. ޓީމް އެސްއެމްޓީ ވަނީ ފުރަތަމަ މެޗަށްފަހު ކުޅުން ރަނގަޅުކޮށްފައެވެ. ފުރަތަމަ މެޗްގައި ޓީމް އެސްއެމްޓީ ކޮޅަށް އެޗްކިއު ޓީމުންވަނީ 12 ލަނޑު ޖަހާފައެވެ. ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބްރާވޯގެ މުޙައްމަދު ވިޖުދާންއެވެ.

1

ރޭގެ ދެވަނަ މެޗުން އެފްސީ އަލްފާ ވަނީ އެފްސީ ޑެލްޓާގެ ކޮޅަށް 5 ލަނޑުޖަހާ އެފްސީ ޑެލްޓާގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗްގައި ޑެލްޓާއިންޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝައްފާޙް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ އަލްފާގެ ތިން ލަނޑު ޖެހި ނާފިޒް ޙުސެއިންއެވެ.

2

އަދި ރޭގެ ތިން ވަނަ މެޗް ޓީމް އެޗްޑީސީ ކާމިޔާބުކުރީ 6-2 ލަނޑުން ޓީމް އެސްކޯޓް ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްޑީސީގެ ޙުސެއިން ރިލްވާންއެވެ.

3

މި މުބާރާތުގައި މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗަކީ ޓީމް އެޗްޑީސީ އާއި އެފްސީ ޑެލްޓާ، އެފްސީ ޗާލީ އާއި ޓީމް އެޗްކިއު އަދި ޓީމް އެސްކޯޓް އާއި އެފްސީ މޯނިންގ ޝިފްޓްއެވެ.