‏”ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″ ގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޓީމް ‏‏އެޗްކިއު‏

މުބާރާތުގެ އެންމެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޓީމް އެޗްކިއު
މުބާރާތުގެ އެންމެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޓީމް އެޗްކިއު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް 2016″ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ޓީމް އެޗްކިއު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗު ޓީމް އެޗްކިއު ކާމިޔާބު ކޮށްފައިވަނީ 12 – 0 ން ޓީމް އެސްއެމްޓީ ބަލިކޮށްގެންނެވެ. އަދި މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ކެޕްޓަން އާދަމް މަންސޫރުއެވެ.

ދެވަނަ މެޗް 1-2 ލަނޑުން އެފްސީ އަލްފާ ބަލިކޮށް މެޗް ކާމިޔާބުކުރީ އެފްސީ މޯނިންގޝިފްޓްއެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ މޯނިންގ ޝިފްޓްގެ ޢިސްމާޢީލް ޒަރީރްއެވެ.

_mg_4099

އަދި ރޭގެ ތިން ވަނަ މެޗް އެފްސީ ޗާލީ ކާމިޔާބުކުރީ 12-1 ލަނޑުން އެފްސީ ބްރާވޯގެމައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޗާލީގެ ރާއިދު އަބޫބަކުރުއެވެ.

_mg_4191

އިއްޔެގެ މެޗްތަކުގައި ޓީމްތަކުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެސް.އެމް.ޓީ ޓީމްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މި މުބާރާތުގައި މިރޭވެސް ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް އެސްއެމްޓީ އާއި އެފްސީ ބްރާވޯއެވެ. އަދި ދެވަނަ މެޗްގައި އެފްސީ އަލްފާ އާއި އެފްސީ ޑެލްޓާ ބައްދަލުކުރާއިރު، ތިން ވަނަ މެޗްގައި ބައްދަލު ކުރާނީ ޓީމް އެޗްޑީސީ އާއި ޓީމް އެސްކޯޓްއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *