‏އެޗް ކިޔު މެންސް ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން، ޓީމް ރެޑް ހޯދައިފި‏

ެއެޗް ކިއު މެންސް ފުޓްސަލް ޓޯނަމަންޓްގ  ޗެމްޕިއަން ޓީމް: ޓީމް ރެޑް
ެއެޗް ކިއު މެންސް ފުޓްސަލް ޓޯނަމަންޓްގ ޗެމްޕިއަން ޓީމް: ޓީމް ރެޑް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ފިރިހެން އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި މިއަދު ބޭއްވި “އެޗް ކިޔު މެންސް ފުޓްސަލް ޓޯނަމަންޓް 2016″ގެ ޗެމްޕިއަންކަން، ޓީމް ރެޑް ކާމިޔާބުކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ދަނޑުގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ހެޑް އޮފީހުގެ ފިރިހެން އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ކުޅިވަރުތަކަށް މުވައްޒަފުން ޝައުގުވެރި ކުރުވުމާއެކު ފިރިޮހެން އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހެދުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ވާދަކުރި ފަސް ޓީމަކީ ޓީމް ރެޑް އާއ ޓީމް ބްލޫ އާއި ޓީމް އޮރެންޖް އަދި ޓީމް ވައިޓްގެ އިތުރުން ޓީމް ގްރީންއެވެ.

މި މުބާރާތް ކުރިއަށް ދިޔައީ ފަސް ޓީމުވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މި ގޮތުން ޓީމް ރެޑް އާއި ޓީމް ގްރީން ފައިނަލުގައި ބައްދަލުކޮށް، ޓީމް ރެޑް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 3-0 ންނެވެ.

ފައިނަލް މެޗް ނިންމުމަށްފަހުވަނީ މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި ފެއަރ ޕްލޭ ޓީމްހޮވާފައެވެ. އަދި އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ސްޕޮންސަރއަކީ ގިޒްމޯއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *