‏ކޮމިޝަނަރ އޮފް ޕްރިޒަންސް، އޫރީދޫގެ ސީއީއޯ އާ ބައްދަލުކުރައްވައިފި‏

‏ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި އޫރީދޫގެ ސީއީއޯ މިސްޓަރ ވިކްރަމް ސިންހައާ ދެމެދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން، އޫރީދޫގެ ސީއީއޯ މިސްޓަރ ވިކްރަމް ސިންހައާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ އުރީދޫ އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. އަދި އެމްސީއެސް އިން ހިންގާ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށް އުރީދޫ ސީ.އެސް.އާރ ކޮމްޕޯނެންޓް ގެ ތެރެއިން އިތުރަށް ކުރެވެންހުރި ކަންކަމަކީ ކޮބާތޯބައްލައި، އެކަންކަން ކުރުމަށް މަސައްކަތް ކުރެއްވުމެވެ.