‏ޕްރިޒަން އޮފިސަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި‏

ޕްރިޒަން އޮފިސަރުންގެ ރިފްރެޝަރ ކޯހުގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނަށް އެ ޖަލުގައި ރިފްރެޝަރ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

03 ސެޕްޓެމްބަރ 2016 އިން 18 އޮކްޓޯބަރ 2016 ގެ ނިޔަލަށް ކުރިއަށްގެންދާ މި ރިފްރެޝަރ ޕްރޮގްރާމަކީ ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކުން ފެށިގެން ދަށުގެ ރޭންކްތަކަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ޓްރެއިނިންގ  ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތަކަކީ އެމެޖަންސީ ސިކުއެންސް، އެތިކްސް، ރެސްޓްރެއިނިންގ ޓެކްނިކްސް، އެސްކޯޓް، ސަރޗް، ޑައިނަމިކް ސެކިއުރިޓީ އަދި ލީޑަރޝިޕްއެވެ. މި ޕްރޮގްރާމްގެ މޮޑިއުލްތައް ކިޔަވައިދެއްވަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނެވެ.

މި ރިފްރެޝަރ ޕްރޮގްރާމްގެ ސަބަބުން އޮފިސަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ ފުރިހަމަ އަދި ފަހުގެ އުކުޅުތައް ދަސްވެ، ކަންތައްތައް ހަނދާނުގައި ހުންނާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އޮފިސަރުންގެ ކުރިއެރުމަށް ވިސްނާ މިފަދަ އެތައް ޕްރޮގްރާމްތަކެއް ރާވާ ހިންގަމުން ގެންދެއެވެ.