އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރި ގައިދީގެ ހާލު ރަނގަޅު.

މެރުމަށް ޙުކުމްކޮށްފައިވާ ގައިދީއަކު މިރޭ 08:30 ހާއިރު އަމިއްލައަށް ދަންޖެހެން މަސައްކަތް ކޮށްފިއެވެ.

ނަމަވެސް ވަގުތުން އޭނާ މާފުށީ ޞިއްޙީ މަރުކަޒަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ޙާލު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުުވެފައެވެ.

ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު އެ ގައިދީވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.