‏ގައިދީންނަށް ހިންގާ ކޮމްޕިއުޓަރ ކޯހުގެ ‏‎2‎‏ ވަނަ ބެޗް މިއަދު ފަށައިފި‏

2nd batch of Certificate 1 in Computer Application - class in session

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ގައިދީން ހޭލުންތެރިކުރުވައި ގައިދީންނަށް ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް ތަކުގެ ތެރެއިން “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ ދެވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމް.ސީ.އެސް  ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށް ގެންދާ ކޯހަކަށްވާއިރު، މިކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރިވެފައެވެ.

ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެމް.ސީ.އެސް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން އެމީހުން ހޭލުންތެރިވެ، ޖަލުގައި ތިބޭއިރު ވަގުތު ބޭކާރު ކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. އަދި އެމީހުންގެ ވިސްނުމަށާއި އަޚްލާޤަށް ހެޔޮބަދަލުތަކެއް އައިސް ކިޔެވުމަށް ޝައުގުވެރިކަން އިތުރުވެއެވެ.