‏ލޯ އެންފޯސްމަންޓް ޓްރޭނިންގައި ބައިވެރިވުމަށް އެމް.ސީ.އެސްގެ ޓީމެއް ‏‏މެލޭޝިޔާއަށް!‏

_MG_0119

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން 10 އޮފިސަރުންގެ ޓީމެއް، ލޯ އެންފޯސްމަންޓް ޓްރޭނިންގ އެއްގައި ބައިވެރިވުމަށް ރޭ މެލޭޝިޔާއަށް ފުރައިފިއެވެ.

އޮގަސްޓް 14 ން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމަކީ މެލޭޝިޔާ ޕްރިޒަން ޑިޕާޓްމަންޓްއިން އިންތިޒާމްކޮށްގެން ލޯ އެންފޯސްމަންޓް ދާއިރާއަށް ހާއްސަކޮށް ރާވައިގެން ކުރިއަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމްއެކެވެ.

މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން، ދާތޯ ސްރީ ހާޖީ ޒުލްކިފްލި ބިން އޮމަރް މިދިޔަ މޭ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިޙާންއާއި ބައްދަލުކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތަމްރީންކުރުމުގައި ކުރިއެކޭ އެއްފަދައިން މެލޭޝިއާ ޕްރިޒަން ޑިޕާޓްމަންޓް މެދުވެރިކޮށް އެމް.ސީ.އެސް އަށް ލިބެމުންދާ ތަމްރިނުތައް އަމާޒުކުރަން ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިފަދަ ޓްރެއިނިންގ ތަކުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ހުނަރު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ތަމްރީނު ލިބިގެންތިބި ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *