‏އެމްސީއެސްގައި އިންޓަރގްރޭޓަޑް ޑިޖިޓަލް ނެޓްވަރކް އެއް ގާއިމު ކުރަނީ! ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ދެމުންގެންދާ ޚިދްމަތްތައް ރަނގަޅުކުރުމުގެ ގޮތުން “އިންޓަގެރޭޓަޑް ޑިޖިޓަލް ނެޓްވަރކް” އެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއެކުމިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

އެމްސީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ސޮއި ކުރައްވާފައިވާއިރު، ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ޑިރެކްޓަރ ކަސްޓަމަރ ސަރވިސް އެންޑް ސޭލްސް އަލްފާޟިލް ޢަލީ ރިޔާޒްއެވެ.

މި “އިންޓަގްރޭޓަޑް ޑިޖިޓަލް ނެޓްވަރކް” ގާއިމުކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކާއި ހެޑް އޮފީސް، އެއް ނެޓްވަރކް އަކުން ގުޅި، މަސައްކަތްތައް ކުރުމުގައި އަވަސްވެ، ލުއި ފަސޭހަވެގެންދާނެއެވެ. އަދި މި ނެޓްވަރކްއަކީ މިހާރު ބޭނުންކުރަމުންދާ ނެޓްވަރކް އަށްވުރެ ޚަރަދުކުޑަ، އަވަސް އަދި ހަރުދަނާ ނެޓްވަރކްއަކަށް ވާނެތީ، އެމްސީއެސްއިން ގައިދީންނަށާއި ޢާންމުންނަށް ދޭ ޚިދުމަތް މިހާރަށްވުރެ އަވަސް ވެގެންދާނެއެވެ.