‏ކޮމިޝަނަރ އޮފް ޕްރިޒަންސް ހިންމަފުށީގެ ހިއްކި ސަރަހައްދު ބައްލަވާލައްވައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިއްޔެ ހިންމަފުށީގެ ހިއްކި ސަރަޙައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލަވާލައްވައިފިއެވެ.

ކ. ހިންމަފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގައި ހިއްކާފައިވަނީ 21.6 ހެކްޓަރުގެ ބިމެކެވެ. އެހެންކަމުން މިހާރު ހިންމަފުށީގެ ބިމުގެ ޖުމްލައަކީ 54.6 ހެކްޓަރެވެ. މިހާރު ކުރިއަށްގެންދަނީ 890 މީޓަރު ސަރަހައްްދެއްގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތެވެ.

ހިންމަފުށީގެ ބިން ހިއްކުމުން އެރަށުގެ ރައްޔިތުންނަށް ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި އަދި ސިނާއީ މަސައްކަތްތަކަށް ޖާގަލިބިގެން ދާނެއެވެ.

ސީޕީ އިއްޔެ ހިންމަފުށީގެ ހިއްކި ސަރަހައްދަށް ވަޑައިގެންނެވީ އައްސޭރި ޖަލަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.