‏އެމްސީއެސް އިން އޮފިސަރުން ކުރިއަރުވާ ތަރައްގީކުރުމަށް މިހާރުވެސް ތިން ކޯހެއް ކުރިއަށް އެބަ ‏‏ގެންދޭ ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އޮފިސަރުން ކުރިއަރުވާ ތަރައްގީކުރުމަށް މިހާރުވެސް ތިން ކޯހެއް ކުރިއަށް އެބަގެންދެއެވެ.

މިގޮތުން މިހާރު ކުރިއަށްގެންދާ ކޯސްތަކަކީ “ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޒަން” ކޯހުގެ ހަތަރު ވަނަ ބެޗާއި، “ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޒަން” ކޯހުގެ އެއްވަނަ އަދި ދެވަނަ ބެޗާއި “ކޮމިޝަންޑް އޮފިސަރސް” ކޯހެވެ. މި ކޯސްތަކުގައި ޖުމްލަ 142 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ކޯސްތަކުގައި ކިޔަވާދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނެވެ.

މި ކޯސްތަކުގެ ސަބަބުން އޮފިސަރުންނަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ ފުރިހަމަ ގޮތްތައް ދަސްވެ، ޒިންމާތައް އަދާކުރުމުގައި އިތުރަށް ފަސޭހަ ވެގެންދާނެއެވެ.