އެސެސަރުންނަށް ލައިސަންސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން “ފިޒިކަލް ފިޓްނަސް އެސެސަރ” ތަމްރީނުގެ ދެވަނަ ބުރުން ފާސްވި އޮފިސަރުންނަށް ލައިސަންސް ދިނުމުގެ ރަސްމިއްޔާތު ރޭ މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފާސްވި ފަރާތްތަކަށް ލައިސަންސް ދެއްވާފައިވަނީ އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާއެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 71 އޮފިސަރުންނަށް ވަނީ ލައިސަންސް ހަވާލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަންސް އޮފިސަރުންގެ އިތުރުން ދައުވަތު އަރުވައިގެން ވަޑައިގެންނެވި މެހެމާނުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.