‏މާފުށީ ޖަލުގައި ފަހާ ކޯހުގެ ލެވެލް 2 ގެ ފުރަތަމަ ބެޗް މިއަދު ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށް ފަހާ ކޯހުގެ ލެވެލް 2 ގެ ފުރަތަމަ ބެޗް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.

މި ކޯހަކީ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ދޭއްގެ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން 15 ހަފްތާގެ މުއްދަތަށް ހިންގާ މިކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރި ވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން މިހާރުވެސް ގައިދީންނަށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޤިރާތު ކޯސް ލެވެލް 1،2،3 ، ހިފްސް ކްލާހާއި، އިސްލާމް ކްލާސްތަކުގެ އިތުރުން ބޭސިކް ޤްރުއާން ކުލާހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.