‏ގައިދީންނަށް ހާއްސަކޮށް ޤިރާތު ކޯސް ލެވެލް 3 ގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި‏

ގައިދީންނަށް ޤުރުއާން ކުލާހެއް ކުރިއަށްގެންދަނީ --- ފައިލް ފޮޓޯ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ހިންގާ ޤިރާތު ކޯސް ލެވެލް ތިނެއްގެ ދެވަނަ ބެޗް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

IMG_3761

ހަތް މަސްދުވަހުގެ މުއްދަތަށް މާފުށީ ޖަލުގައި އިއްޔެ ފެށި މި ކޯހުގައި ޖުމްލަ 28 ގައިދީން ބައިވެރިވެފައިވެއެވެ. އެގޮތުން 11 އަންހެން ގައިދީންނާއި 17 ފިރިހެން ގައިދީން ވަނީ މި ކޯހުގައި ބައިވެރިވެފައެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިހާރުވެސް ގައިދީންނަށް ހާއްސަކޮށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.