ކޮމިޝަނަރ އޮފް ޕްރިޒަންސް މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޙްމަދު ޒުހޫރުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު ހޯމް މިނިސްޓްރީ އަށް ޒިޔާރަތް ކުރައްވާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ގުޅޭ މަޢުލޫމާތު ވަނީ ހޯމް މިނިސްޓަރ އާއި ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތާއި ކުރިއަށް ރާވާފައިވާ އެކިއެކި ޙަރަކާތްތަކާއި، މަސައްކަތް ތަކުގެ މަޢުލޫމާތުވެސް ހޯމް މިނިސްޓަރ އާއި ވަނީ ޙިއްޞާ ކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މި ޒިޔާރަތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.