ކ. ހިންމަފުށި ހިއްކާ ސަރަހައްދުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތުގައި ޕްރިޒަން އޮފިސަރުން ބައިވެރިވެއްޖެ.

ކ. ހިންމަފުށީ ކައުންސިލުން އިސްނަގައިގެން، އެރަށުގެ ހިއްކާ ސަރަހައްދުގެ ހޭޅީގެ ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރި ވެއްޖެއެވެ.

މި މަސައްކަތުގައި އެރަށުގައި ހަރަކާތްތެރިވާ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ކުންފުނި ތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.

އެކި ގްރޫޕް ތަކަށް ބަހާލައިގެން މިއަދު ހެނދުނު 09:00 ގައި ފެށި މަސައްކަތް މިއަދު މެންދުރު 12:00 އާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.