ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މިރޭ ނިޔާވެއްޖެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 11:30 ހާއިރު ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ ސ. މަރަދޫ ލިލީގޭ އިބްރާހިމް ނާޒިހް އެވެ.

މިރޭ ނިޔާވި އިބްރާހިމް ނާޒިޙް އައި.ޖީ.އެމް.އެޗް ގައި އެޑްމިޓް ކުރެވިފައިވަނީ 2016 ވަނަ އަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ.

އިބްރާހިމް ނާޒިހް އަކީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.