‏ކޮމިޝަނަރ އޮފް ޕްރިޒަންސް، ކޮމިޝަނަރ އޮފް ޕޮލިސް އާ ‏‏ބައްދަލުކުރައްވައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއަރޓަރސްގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޖަލުތަކާއި ސެކިއުރިޓީ ކަންތައްތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.