މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން މާފުށި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނަށް ހާއްސަކޮށް ރިފްރެޝަރ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

މި ރިފްރެޝަރ ޕްރޮގްރާމަކީ ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ މި ޕްރޮގްރާމް ބާއްވާ ފުރަތަމަ ފަހަރެވެ.

މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނި ޖަލުގެ މެނުއަލްއާއި އެއްގޮތައް އެމަރޖެންސީ ގައި މަސައްކަތް ކުރާނެ ގޮތްތަކާއި ކިއު.އާރ.އޭ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކެވެ.

މިޕްރޮގްރާމް ގައި ބައިވެރިވަނީ ސެކިއުރިޓީ ޑިޕަރޓްމަންޓްގައި މަސައްކަތްކުރާ 38 އޮފިސަރުންނެވެ.