‏ރަމަޟާން ފުޓްސަލް ކަޕް 2016: މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ރެކަން ހޯދައިފި‏

މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ “ރަމަޟާން ފުޓްސަލް ކަޕް 2016” ގެ ޗެމްޕިއަންކަން އެފްސީ ރެކަން ހޯދައިފިއެވެ.

ޖުމްލަ 11 ޓީމް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ރެކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އައިވަރީ އާއި ބައްދަލުކޮށް 5-4 ލަނޑުންނެވެ.

ރޭގެ މެޗަކީ މުބާރުތުގައި ކުޅުނު އެންމެ ފޯރި ގަދަ މެޗެވެ. މި މެޗްގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބި ވަނީ ބޭނުންނުކުރެވިފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރެކަންގެ މުޙައްމަދު ޢަލީއެވެ.

ރަމަޟާން ފުޓްސަލް ކަޕް 2016 ނިމުމުގެ ހަފްލާގައި އެފްސީ ރެކަންއަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއެވެ. އަދި ދެވަނަ އަށާ ތިން ވަނަ އަށް ދިޔަ ޓީމުތަކަށް ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކުރުމުގެ އިތުރުން ކުޅެވުނު މެޗްތަކުން އެންމެ މޮޅު ކުޅުން ތެރިންގެ ގޮތުގައި ހޮވުނު ކުޅުންތެރިންނަށްވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.