ރަމަޟާން ފުޓްސަލް ކަޕް 2016: ފައިނަލްގައި ވާދަކުރާނީ އެފްސީ ރެކަން އާއި އައިވަރީ

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ގެ ފައިނަލްގައި ވާދަކުރާނީ އެފްސީ ރެކަން އާއި އައިވަރީއެވެ.

ރޭ ކުޅުނު ސެމީ-ފައިނަލްގެ ފުރަތަމަ މެޗްގައި އައިވަރީ އާއި ޕެންތަރ އެފްސީ ބައްދަލުކޮށް، އައިވަރީ މެޗް ކާމިޔާބުކުރީ 4-1 ލަނޑުންނެވެ.

އަދި ސެމީ-ފައިނަލްގެ ދެވަނަ މެޗްގައި އެފްސީ ރެކަން އާއި ސެކިއުރިޓީ ބައްދަލުކޮށް، 3-1 ލަނޑުން މެޗް ކާމިޔާބުކުރީ އެފްސީ ރެކަންއެވެ.

13498012_603135706517392_1535807930221915100_o

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް އައިވަރީގެ މުޙައްމަދު ޝާހީން ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރެކަންގެ އަމްޖަދު ޢަލީއެވެ.

މިރޭ މުބާރާތުގެ ތިންވަނަ ޓީމް ހޮވާ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗްގައި ބައްދަލު ކުރާނީ ޕެންތަރ އެފްސީ އާއި ސެކިއުރިޓީ އެވެ.

ފައިނަލް މެޗް ކުޅޭނީ މާދަމާ 23 ޖޫން 2016 ވަނަ ދުވަހުގެ ރޭ 21:45 ގައެވެ.