ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ މެޗްތައް ކާމިޔާބުކުރީ އައިވަރީ އާއި އޮސްކަރ އެފްސީ

13498056_602370519927244_6327254140160560692_o

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ މެޗްތައް ކާމިޔާބުކުރީ އައިވަރީ އާއި އޮސްކަރ އެފްސީއެވެ.

މިގޮތުން ރޭގެ ފުރަތަމަ މެޗްގައި އައިވަރީ އާއި ޔުނިޓް މެނޭޖްމަންޓް ޖޫނިޔަރ ބައްދަލުކޮށް، އައިވަރީ މެޗް ކާމިޔާބުކުރީ 5-3 ލަނޑުންނެވެ.

ރޭގެ ދެވަނަ މެޗްގައި އޮސްކަރ އެފްސީ އާއި ލޮޖިސްޓިކް ބައްދަލުކޮށް، 4-0 ލަނޑުން މެޗް ކާމިޔާބުކުރީ އޮސްކަރ އެފްސީއެވެ.

13495572_602373559926940_5136559709649935329_o

ޕޮއިންޓް ތާވަލްގައި އަދިވެސް ކުރީގައި އުޅެނީ އެފްސީ ރެކަންއެވެ. އެއީ 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕެންތަރ އެފްސީ ތިން ވަނަ އަށް ވެއްޓި، މިވަގުތު ދެވަނައިގައި އޮތީ އައިވަރީއެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް އައިވަރީގެ މުޙައްމަދު ޝާހީން ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮސްކަރ އެފްސީގެ އަޙްމަދު ޝާފީއެވެ.

މާދަމާ ރޭ ސެމީ-ފައިނަލްގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *