‏ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ ފުރަތަމަ މެޗް ކާމިޔާބުކުރީ އެފްސީ ރެކަން‏

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ ފުރަތަމަ މެޗް ކާމިޔާބުކުރީ އެފްސީ ރެކަންއެވެ. އެފްސީ ރެކަން މި މެޗް ކާމިޔާބުކުރީ ޔުނިޓް މެނޭޖްމަންޓާ ވާދަކޮށް 6-1 ލަނޑުންނެވެ.

ރޭގެ ދެވަނަ މެޗްގައި ލޮޖިސްޓިކް އާއި ޔުނިޓް މެނޭޖްމަންޓް ސީނިއަރ ބައްދަލުކޮށް، 6-3 ލަނޑުން މެޗް ކާމިޔާބުކުރީ ލޮޖިސްޓިކްއެވެ.

13418534_601957906635172_9037375251355936016_o

މިވަގުތު ޕޮއިންޓް ތާވަލްގައި 10 ޕޮއިންޓާއެކު ކުރީގައި އުޅެނީ އެފްސީ ރެކޮން އާއި ޕެންތަރ އެފްސީއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އުޅެނީ އަދިވެސް އައިކޯސްޓެވެ. އަދި ބައިކޮޅަށް އެންމެ ގިނަ ގޯލް ވަތްކަމުގެ ރެކޯޑްވެސް އޮތީ އައިކޯސްޓް އަތުގައެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް އެފްސީ ރެކަންގެ ޙުސެޢިން ސީނިއާޒް ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮޖިސްޓިކް ޓީމުގެ އަޙްމަދު ހަމްދޫންއެވެ.