ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ ފުރަތަމަ މެޗްގައި އައިކޯސްޓް އަނެއްކާވެސް ބަލިވެއްޖެ

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016″ގެ ރޭގެ ފުރަތަމަ މެޗް ޔުނިޓް މެނޭޖްމަންޓް ޖޫނިއަރ ކާމިޔާބުކޮށް އައިކޯސްޓް އަނެއްކާވެސް ބަލިވެއްޖެއެވެ. ޔުނިޓް މެނޭޖްމަންޓް ޖޫނިއަރ މި މެޗް ކާމިޔާބުކޮށްފައިވަނީ 6-1 ލަނޑުންނެވެ.

އައިކޯސްޓް ޓީމުގެ ކެޕްޓަން މުޙައްމަދު ނިޝްވާން ވިދާޅުވީ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔަ ކަމަށާއި ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ކުރީ މެޗްތަކުގައި ގިނަ ކުޅުންތެރިންގެ އިންޖަރީގެ ސަބަބުން އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މިރޭ ކުޅޭ މެޗުން ތަފާތު ކުޅުމެއް ފެނިގެންދާނެކަމަށް އައިކޯސްޓް ޓިމްގެ ކެޕްޓަން ވިދާޅުވިއެވެ.

13403774_600662916764671_2316512709680862793_o

ރޭގެ ދެވަނަ މެޗްގައި އެފްސީ ރެކަން އާއި ޔުނިޓް މެނޭޖްމަންޓް ސީނިއަރ ބައްދަލުކޮށް، 3-2 ލަނޑުން މެޗް ކާމިޔާބުކުރީ އެފްސީ ރެކޮންއެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޔުނިޓް މެނޭޖްމަންޓް ޖޫނިއަރގެ ޙުސެއިން މުޙައްމަދު ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރެކަންގެ މުޙައްމަދު ޢަލީއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.