ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ މެޗްގައި ސެކިއުރިޓީ ޓީމުން އަނެއްކާވެސް ގިނަ ލަނޑުތަކެއް ޖަހައިފި

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016″ގެ ރޭގެ ފުރަތަމަ މެޗް ސެކިއުރިޓީ ކާމިޔާބުކޮށް އޮފެންޑަރ ސްޕޯރޓްސްގެ މައްޗަށް ކުރިހޯދައިފިއެވެ. ސެކިއުރިޓީ މި މެޗް ކާމިޔާބުކޮށްފައިވަނީ 11-3 ލަނޑުންނެވެ.

ރޭގެ މެޗްގައި ސެކިއުރިޓީ ޓީމުން އޮފެންޑަރ ސްޕޯރޓްސް ކޮޅަށް 11 ލަނޑު ޖެހިއިރު، ސެކިއުރިޓީ ޓީމްވަނީ އައިކޯސްޓް ކޮޅަށް ކުރީ ރޭގެ މެޗުގައި 18 ލަނޑު ޖަހާފައެވެ.

13443199_600318976799065_6492683807919253384_o

ރޭގެ ދެވަނަ މެޗްގައި ޕެންތަރ އެފްސީ އާއި ޔުނިޓް މެނޭޖްމަންޓް ބައްދަލުކޮށް، 3-4 ލަނޑުން މެޗް ކާމިޔާބުކުރީ ޕެންތަރ އެފްސީއެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ސެކިއުރިޓީގެ ޖައިލަމް ޖަމީލް ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެންތަރ އެފްސީގެ އަޙްމަދު މުޙައްމަދުއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.