‏ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ ފުރަތަމަ މެޗް އެއްވަރު ވެ، ދެވަނަ މެޗް ޔުނިޓް ‏‏މެނޭޖްމަންޓް ސީނިއަރ ކާމިޔާބުކޮށްފި‏

IMG_2215

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ ފުރަތަމަ މެޗް އެއްވަރުވެ، ދެވަނަ މެޗް ބޮޑު ތަފާތަކާއެކު ޔުނިޓް މެނޭޖްމަންޓް ސީނިއަރ ކާމިޔާބުކޮށްފިއެވެ.

މިގޮތުން ފުރަތަމަ މެޗްގައި އެފްސީ ރެކަން އާއި ޓީމް ލޮޖިސްޓިކް ބައްދަލުކޮށް، 3-3 ލަނޑުން މެޗް ވަނީ އެއްވަރުވެފައެވެ.

ރޭގެ ދެވަނަ މެޗްގައި ޔުނިޓް މެނޭޖްމަންޓް ސީނިއަރ އާއި ޔުނިޓް މެނޭޖްމަންޓް ބައްދަލުކޮށް، 9-2 ން މެޗް ކާމިޔާބުކުރީ ޔުނިޓް މެނޭޖްމަންޓް ސީނިއަރއެވެ.

IMG_2383

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޓީމް ލޮޖިސްޓިކްގެ ޢަލީ ޙަސަން ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނިޓް މެނޭޖްމަންޓް ސީނިއަރގެ ޙުސައިން ޝަޙްމަދުއެވެ.

މިވަގުތު “ގްރޫޕް އޭ” ގެ ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އައިވަރީ އުޅޭއިރު، ދެވަނައިގައި އުޅޭ ޓީމަކީ ސެކިއުރިޓީއެވެ. ގްރޫޕް ބީގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ އެފްސީ ރެކަންއެވެ. އަދި ދެވަނައިގައި އޮތީ ޔުނިޓް މެނޭޖްމަންޓް ސީނިއަރއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ޓޭބަލްގެ އެންމެ ފުލުގައި އޮތީ އައިކޯސްޓެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *