ރަމަޟާން ފުޓްސަލް ކަޕް 2016: ސެކިއުރިޓީ އިން އައިކޯސްޓް ލަދުގަންނަވާލައިފި.

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ ފުރަތަމަ މެޗްގައި ސެކިއުރިޓީ ޓީމުން އައިކޯސްޓް ޓީމް ތަފާތު ބޮޑު ނަތީޖާއަކުން ލަދުގަންނަވާލައިފިއެވެ.

މި މެޗް ސެކިއުރިޓީ ކާމިޔާބުކޮށްފައިވަނީ 18-0 ން ނެވެ. މި މެޗްގައި ސެކިއުރިޓީ ޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

13458695_599389980225298_1684397186372443664_o

ރޭގެ ދެވަނަ މެޗްގައި އެފްސީ ރެކޮން އާއި އޮސްކަރ އެފްސީ ބައްދަލުކޮށް، 8-1 ން މެޗް ކާމިޔާބުކުރީ އެފްސީ ރެކަންއެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ސެކިއުރިޓީގެ ޖައިލަމް ޖަމީލް ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރެކޮންގެ އަމްޖަދު ޢަލީއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.