ރަމަޟާން ފުޓްސަލް ކަޕް 2016 – ރޭގެ ފުރަތަމަ މެޗް ޕެންތަރ އެފްސީ ކާމިޔާބުކޮށްފި

IMG_1736

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ ފުރަތަމަ މެޗުން ޕެންތަރ އެފްސީ މޮޅުވެ، ދެވަނަ މެޗު އައިވަރީ ކާމިޔާބުކޮށްފިއެވެ.

މިގޮތުން ރޭގެ ފުރަތަމަ މެޗް ގައި ޕެންތަރ އެފްސީ އާއި ޔުނިޓް މެނޭޖްމަންޓް ސީނިއަރ ބައްދަލުކޮށް،  ޕެންތަރ އެފްސީ މެޗް ކާމިޔާބު ކޮށްފައިވަނީ 4-3 ންނެވެ. އަދި ރޭގެ ދެވަނަ މެޗްގައި އޮފެންޑަރ ސްޕޯރޓްސް އާއި އައިވަރީ ބައްދަލުކޮށް، 4-6 ން މެޗް ކާމިޔާބުކުރީ އައިވަރީއެވެ.

IMG_2063

މެޗަށްފަހު ޕެންތަރ އެފްސީގެ ކޯޗް މުހައްމަދު ނާޒިމް ވިދާޅުވީ ޓީމްގެ ކުޅުމާއި މެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އަދިވެސް ޓިމްގެ ކުޅުން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ކުޅުން ތެރިންގެ ކުޅުމަށް ކޯޗް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޕެންތަރ އެފްސީގެ އާދަމް ޙުސެޢިން މަނިކު ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިވަރީގެ މުޙައްމަދު ޢަލީއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *