ރޭގެ ފުރަތަމަ މެޗުން ޔުނިޓް މެނޭޖްމަންޓް ސީނިއަރ މޮޅުވިނަމަވެސް ރޭގެ ދެވަނަ މެޗު ވީ އެއްވަރު

2

މާފުށީ ޖަލުގައި ކުރިއަށް ގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” މުބާރާތުގެ، ރޭގެ ފުރަތަމަ މެޗުގައި އޮސްކާ އެފް.ސީ އާއި ބައްދަލުކޮށް 3-5 ން ޔުނިޓް މެނޭޖްމަންޓް ސީނިއާ ވަނީ މެޗް ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗްގައި ޔުނިޓް މެނޭޖްމަންޓް ޖޫނިއާ އާއި ސެކިއުރިޓީ ބައްދަލުކުރިމެޗް 1-1 ން ވީ އެއްވަރެވެ.

ރޭގެ ދެ މެޗްގައިވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ދެވަނަ މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ.

1

ސެކިއުރިޓީ ޓީމްގެ ކޯޗް ހަސަން ޝަރީފް ވިދާޅުވީ ރޭގެ މެޗްގައި ޓީމްގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ގޯލް ނުޖެހުނީ ނަސީބު ދެރަކަމުން ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑަށް ތައްޔާރު ވާނެކަމަށާއި މޮޅުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށްވެސް ހަސަން ޝަރީފް ވިދާޅުވިއެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނިޓް މެނޭޖްމަންޓް ސީނިއަރގެ ޖާޒީނަންބަރ ފަހެއް އަޙްމަދު ނައުފަލް އެވެ. އަދި ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނިޓް މެނޭޖްމަންޓް ޖޫނިއަރގެ ޖާޒީ ނަންބަރ 22 އަބްދުﷲ ޝާމިން އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *