ރޭގެ ފުރަތަމަ މެޗުން ޓީމް ލޮޖިސްޓިކް މޮޅުވެ، ދެވަނަމެޗު ބޮޑުތަފާތަކުން އައިކޯސްޓް ބަލިވެއްޖެ

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭގެ ފުރަތަމަ މެޗުން ޓީމް ލޮޖިސްޓިކް މޮޅުވެ، ދެވަނަ މެޗު ބޮޑުތަފާތަކުން އައިކޯސްޓް ބަލިވެއްޖެއެވެ.

މިގޮތުން ރޭގެ ފުރަތަމަ މެޗް ގައި ޔުނިޓް މެނޭޖްމަންޓް އާއި ބައްދަލުކޮށް ޓީމް ލޮޖިސްޓިކް މެޗް ކާމިޔާބު ކޮށްފައިވަނީ 7-2 ންނެވެ. އަދި ރޭގެ ދެވަނަ މެޗްގައި އައިވަރީ އާއި އައިކޯސްޓް ބައްދަލުކޮށް، 3-10 ން މެޗް ކާމިޔާބުކުރީ އައިވަރީއެވެ. މި ދެ މެޗްގައިވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ.

13403991_597866147044348_2338365770365223889_o

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޓީމް ލޮޖިސްޓިކްގެ އަޙްމަދު ހަމްދޫން ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިވަރީގެ މުޙައްމަދު ޢަލީއެވެ. މި ދެ ކުޅުންތެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޗީފް ޕްރިޒަން އޮފިސަރ އައިޝަތު ރިއުޒާ އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޔުނިޓް މެނޭޖްމަންޓް ޖޫނިއަރ އާއި ސެކިއުރިޓީއެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އޮސްކަރ އާއި ޔުނިޓް މެނޭޖްމަންޓް ސީނިއަރއެވެ.