މާފުށީ ޖަލުގެ “ރަމަޟާން ފުޓްސަލް ކަޕް 2016” ގެ ފުރަތަމަ މެޗް ކާމިޔާބުކުރީ އޮފެންޑަރ ސްޕޯރޓްސް

13340322_597482193749410_2056887158902091640_o

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި “ރަމަޟާން ފުޓްސަލް ކަޕް 2016” ރޭ ފަށައި، ފުރަތަމަ މެޗް އޮފެންޑަރ ސްޕޯރޓްސް ކާމިޔާބުކޮށްފިއެވެ.

ރަމަޟާން ފުޓްސަލް ކަޕް 2016 އިފްތިތާހްކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުއެވެ.

މި މުބާރާތް އިފްތިތާޙް ކޮށްދެއްވަމުން އޭ.އެސް.ޕީ ސަލްމާން ރަޝީދު ވިދާޅުވީ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ހުރިހާ އޮފިސަރުންވެސް މަސައްކަތް ކޮށްދިނުމަށެވެ. އަދި އައިކޯސްޓާއި އީ.އެސް.ޖީގެ ފަރާތުން މުބާރާތް އިންތިޒާމް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާއި އެހެންކަމުން އައިކޯސްޓާއި އީ.އެސް.ޖީ ގެ ވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޭ.އެސް.ޕީ ސަލްމާން ރަޝީދު އިތުރަށް ވިދާޅުވީ ކޮންމެ އޮފިސަރަކުވެސް ނަމޫނާ އޮފިސަރަކަށް ވުމަށާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުމަކީ މުބާރާތް އިތުރަށް ފޯރިގަދަވެގެން ދާނެ ކަމެއްކަމަށެވެ.

13346220_597493600414936_3829972105083336489_o

ފުރަތަމަ މެޗު އޮފެންޑަރ ސްޕޯރޓްސް ކާމިޔާބު ކޮށްފައިވަނީ 4 – 3 ން ޔުނިޓް މެނޭޖްމަންޓް ޖޫނިއަރސް ބަލިކޮށްގެންނެވެ. އަދި މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮފެންޑަރ ސްޕޯރޓްސްގެ މުޙައްމަދު މުސްލިހުއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޔުނިޓް މެނޭޖްމަންޓް އާއި ލޮޖިސްޓިކްސް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އައިވަރީ އާއި އައިކޯސްޓް އެވެ.

މި މުބާރާތުގައި ޖުމްލަ 11 ޓީމު ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *