އީއެސްޖީގެ އައު އޮފީސް ހުޅުވައި، މާހެފުން ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެމަރޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އައު އޮފީސް ހުޅުވުމުގެ ރަސްމީއްޔާތު މާފުށީ ޖަލުގައި 01 ޖޫން 2016 ގައި ބާއްވައިފިއެވެ.

އީއެސްޖީގެ އައު އޮފީސް ހުޅުވައިދެއްވީ ޝަރަފްވެރި މެހެމާން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއެވެ.

އީއެސްޖީގެ ކޮމާންޑިންގ އޮފިސަރ ޗީފް ޕްރިޒަންސް އޮފިސަރ ޢަބްދުލް ޣަނީ ވިދާޅުވީ އަލަށް ހުޅުވުނު މި އޮފީހަކީ ކުރިން މަސައްކަތް ކުރަމުން ދިޔަ އޮފީހަށްވުރެ ބޮޑު އޮފީހެއް ކަމަށާއި، މި އޮފީހުގެ ސަބަބުން ސެކިއުރިޓީ ކަންކަންވެސް ފަސޭހަވެ، އީއެސްޖީ އޮފިސަރުންނަށް މަސައްކަތްކުރުމަށް ލުއި ފަސޭހަކަން ލިބި، ރަނގަޅު މާހައުލެއް ތަނަވަސް ވެގެންދާނެކަމަށެވެ.

IMG_0983

މީގެ އިތުރުން އީއެސްޖީ އޮފިސަރުންނަށް މާހެފުމެއްވެސް މާފުށީ ޖަލުގައި ވަނީ ބާއްވައިފައެވެ.

މި މާހެފުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.