ގައިދީންނަށް ބޭސިކް ޤުރުޢާން ކްލާސް އާއި ޤިރާތް ކޯސް ލެވަލް 1 ގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ބޭސިކް ޤުރްޢާން ކްލާސް އާއި ޤިރާތް ކޯސް ލެވަލް 1 ގެ 6 ވަނަ ބެޗް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

ޤިރާތު ކޯސް ލެވެލް އެކެއްގެ ހަވަނަ ބެޗް ގައި 35 ގައިދީން ބައިވެރިވެފައިވާއިރު މި ކޯހުގެ މުއްދަތަކީ ދެމަސް ދުވަހެވެ. މި ކޯހުން ފާސްވާ ގައިދީންނަށް ޤިރާތް ކޯސް ލެވެލް ދޭއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި ބޭސިކް ޤުރްޢާން ކްލާހުގައި 35 ޤައިދީން ވަނީ ބައިވެރިވެފައެވެ. މި ކްލާހަކީ ޤިރާތް ކޯހަށް މީހުން ތައްޔާރުކުރާ ކްލާހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ޤައިދީންނަށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގާރީ ލެވެލްގެ ތިން ކޯހާއި، ހިފްސް ކްލާހާއި، އިސްލާމް ކްލާސްތަކުގެ އިތުރުން އެގްރިކަލްޗަރ ކޯސްތަކާއި، ފަހަން ދަސްކޮށްދޭ ކޯހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ.