މާލޭ ޖަލުގައި “އެސްކޯޓް ނައިޓް 2016” ބާއްވައިފި

_MG_0555

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގެ އެސްކޯޓް ޓީމުން ރޭ “އެސްކޯޓް ނައިޓް 2016 ” އެ ޖަލުގައި ބާއްވައިފިއެވެ.

ފުރަތަމަ ފަހަރަށް ބޭއްވުނު “އެސްކޯޓް ނައިޓް”ގެ މަގްސަދަކީ އެސްކޯޓް ޓީމުގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

އެސްކޮޓް ނައިޓް ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ.

މި ރޭގެ ހަރަކާތްތަކުގައި 2015 ވަނަ އަހަރު ބޭއްވި “އެސްކޯޓް ޗެލެންޖް ކަޕް” ފުޓްބޯޅަ މުބާރާތުގައި ވަނަތައް ހާސިލްކުރި ފަރާތްތަކަށް ތައްޓާއި، މެޑަލްއާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ. އަދި 2016 އަހަރަށް ރޭވިފައިވާ ކަންތައްތައް ހާމަކޮށް، މިއަހަރުވެސް އޮކްޓޯބަރ މަހު “އެސްކޮޓް ޗެލެންޖް ކަޕް” ބާއްވާނެކަމަށް ވަނީ އިއުލާންކޮށްފައެވެ.

_MG_0527

މިގޮތުން އޮފިސަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭއްތިއްބުމަށާއި، އޮފިސަރުންނަކީ ޒިންމާ އަދާކުރުމުގައި ގާބިލް އޮފިސަރުންތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރިފްރެޝަރ ޓްރޭނިންތަކެއްވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މި ރިފްރެޝަރ ޓްރޭނިންގތަކުގައި މާލެ ޖަލުގެ އެކި ޑިޕަރޓްމަންޓްތަކުގެ އޮފިސަރުން ބައިވެރިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސްކޯޓް ނައިޓްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *

ކިޔުންތެރިންގެ ޚިޔާލު