ހެޑް އޮފީހާއި ޖަލުތަކުގެ މުވައްޒަފުން ގުޅިގެން މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތުދުވަހެއް ފާހަގަކޮށްފި

މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ހެޑް އޮފީހާއި ޖަލުތަކުގެ މުވައްޒަފުން ގުޅިގެން ހާއްސަ މަސައްކަތު ދުވަހެއް އިއްޔެ ފާހަގަ ކޮށްފިއެވެ.

އިއްޔެގެ މަސައްކަތުގައި ފާރު ރޭނުމަށް ބޭނުންވާ ކޯރުކޮނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން އިއްޔެގެ މަސައްކަތުން 150 ފޫޓްގެ ދިގުމިނުގެ ކޯރު ވަނީ ކޮނެ ނިންމާފައެވެ.

މި ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރުގެ ބިންގާ އަޅާފައިވަނީ 2014 އޮކްޓޯބަރ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޢުމަރު ނަސީރު ފައްޓަވައިދެއްވި މި މަސައްކަތް ކުރަމުންގެންދަނީ އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ޤައިދީންވެސް ބޭނުންކޮށްގެންނެވެ.

މި މަސައްކަތުގައި ހެޑް އޮފީހާއި މާލޭ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުންވެސް ވަނީ ބައިވެރިވެފައެވެ.