ޕޮލިސް ކަސްޓޯޑިއަލްގެ ބޭފުޅުން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ބައްދަލު ކުރައްވައިފި.

ޕޮލިސް ކަސްޓޯޑިއަލްގެ ބޭފުޅުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ފުލުހުންނާއި ޕްރިޒަންސް އޮފިސަރުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން، މި ބައްދަލު ކުރެއްވުމުގައި ޖުވެނަލް ރިމާންޑް ސެންޓަރ ޤާއިމް ކުރުމާއި ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތާބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ޕޮލިސް ކަސްޓޯޑިއަލް އާއި އެމްސީއެސްގެ މަސައްކަތަކީ ދެ މުއައްސަސާއިން ހަމައެކަނި އެއްބާރުލުމާއި އެހީތެރިކަންދިނުން އިތުރުކޮށްގެން ފުއްދާލެވޭ ވަރަށްވުރެ ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށް ކޮމިޝަނަރ ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވެލެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޗީސް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނާފިޒް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޝަރީފް ގެ އިތުރުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ރަމްޒީ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީ އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ އާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޠަލާލް ގެ އިތުރުން ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު އެވެ.