މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ރާއްޖޭގެ ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވައިފި

_MG_8834

މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޖަލު ބެލެހެއްޓުމުގެ ނިޒާމް ކުރިއަށްގެންދާ ގޮތާއި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް އަދި ޖަލު ބެލެހެއްޓުމުގެ ކަންތައްތަކުގައި ދެ ގައުމުންވެސް އެއްބާރުލުން ދިނުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. 2008 އިން ފެށިގެން މެލޭޝިއާ ޕްރިޒަން އެކަޑަމީން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ގިނަ އަދަދެއްގެ އޮފިސަރުންނަށް ތަންރީން ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.

މެލޭޝިއާ ޕްރިޒަން ޑިޕަރޓްމަންޓްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދޭތެރޭ ގާތްގުޅުމެއް ބާއްވާ އަދި “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *