ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންނާ ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައެވެ.

މިބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ މުވައްސަސާއަށް ޤާނޫނުތައް ލާޒިމްކުރާ މަސްއޫލިޔަތު ތަކާބެހޭގޮތުން މަޝްވަރާކުރުމެވެ.

އަދި މި ބައްދަލުވުމުގެ ސަބަބުން ދެ މުއައްސަސާގެ ގާނޫނީ ވާޖިބު އަދާކުރުމަށް މަގު ފަހިކުރުމަށާއި މައްސަލަތައް ނިންމުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ ޒާހިރުވެސް ވަނީ ބައިވެރިވެލައްވާފައެވެ. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އެ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަރުހާދުއާއި، ނާއިބު ރައީސް އަލްފާޟިލް ޔޫސުފް މާނިއު މުޙައްމަދާއި މެމްބަރުން އަލްޢުސްތާޛް ޙައްސާން ޙަމީދުއާއި އަލްޢުސްތާޛާ ޚަދީޖާ ޢަބްދުﷲގެ އިތުރުން އަލްފާޟިލް އަޙްމަދު އަމީންނެވެ.