މާފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިވެންޓެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އިވެންޓެއް ކުރިއަށްގެންގޮސްފިއެވެ.

މި އިވެންޓް އިންތިޒާމްކޮށް ކުރިއަށްގެންދިޔައީ މާފުށީ ޖަލުގެ އޮފިސަރުންނާއި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އަދި އިމަރޖަންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގުޅިގެންނެވެ. އަދި މިއީ އައިކޯސްޓްގެ ހަތަރު ވަނަ އަހަރީ ދުވަހާވެސް ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

IMG_9849

މި އިވެންޓްގައި ހަރަކާތްތެރިވި ހުރިހާ އޮފިސަރުން ވަރަށް ޖޯޝާއި ފޯރީގައި މާފުށީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ކުޑަކުދިންނަށް ޓީޝަރޓްއާއި ފުއްޕާހަން ވަނީ ހަދިޔާކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިފަދަ ހަރަކާތްތައް ރޭވުމުގެ އަމަލީގޮތުން ބައިވެރިވުމުގެ މަގްސަދަކީ ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމެވެ.