އައްސޭރި ޖަލުގައި ސާފުކުރުމުގެ އިވެންޓެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިއްޔެ އައްސޭރި ޖަލުގައި ސާފުކުރުމުގެ އިވެންޓެއް ބާއްވާފިއެވެ.

މި އިވެންޓްގައި އެ ޖަލުގެ ގޭޓުގެ ވަށައިގެން ހެދިފައިވާ ވިނަތަކާއި ކުދި ގަސްތައް ކޮށައި އެ ސަރަހައްދުވަނީ ސާފުކޮށްފައެވެ.

މި މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ ގިނައަދަދެއްގެ އޮފިސަރުންނާއި ހެޑް އޮފީހުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓް ކުރިއަށްދިޔައީ ވަރަށް ޖޯޝާއި ފޯރިއާއެކުގައެވެ.

އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސެޢިން މި މަސައްކަތުގައި ބައިވެރިވި ހުރިހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.