އައްސޭރި ޖަލުގެ ޔުނިޓްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އައްސޭރި ޖަލުގެ ޔުނިޓްތައް މަރާމާތުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ޖަލުން ބުނެފިއެވެ.

އައްސޭރި ޖަލުން ބުނިގޮތުގައި އެ ޖަލުގެ ޔުނިޓް 01 ގެ ކުރިމަތީގައި ފެންސް ޖަހައިނިމިފައިވާއިރު އައްސޭރި ޖަލާއި ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއާއި ދެމެދުގައިވާ ފާރުގެ ބޮޑުބައި ވަނީ ނިމިފައެވެ.

މި މަސައްކަތްތައް ކުރިއަށްގެންދަނީ އައްސޭރި ޖަލު ގައިދީންނާއި ބައެއް އޮފިސަރުން ގުޅިގެންނެވެ.

މީގެ އިތުރުން އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ޒޯންގައި ގައިދީންނަށް ނަމާދުގެއަކާއި މެސް ރޫމެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.