ހޯމް މިނިސްޓަރ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަޞީރު މިއަދު ހެނދުނު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރެއްވީ އެ ޖަލުގައި ހަދަމުން އަންނަ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރގެ މަސައްކަތް ބައްލަވާލެއްވުމަށެވެ.

މި ދަތުރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުމުގެ މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ތަކުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އުމަރު ނަސީރު ވަނީ 27 ޑިސެމްބަރު 2015 ވަނަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.