ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އަޙްމަދު ޝިހާން މިއަދު އައްޔަނުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްފާޟިލް އަޙްމަދު ޝިހާނަކީ ކުރިންވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެބޭފުޅާ ވަނީ ޑިޕަރޓްމަންޓް އޮފް ޕެނިޓެންޝެރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަދި ޑިރެކްޓަރ ޖެނެރަލްގެ މަގާމްވެސް އަދާކުރައްވާފައެވެ.

ކުރިން ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަގާމުގައި ހުންނެވީ އަލްފާޟިލް މުޙައްމަދު ޙުޝާމް އެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއަށް މަރުހަބާ ދަންނަވަމެވެ.