އައްސޭރި ޖަލުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އައްސޭރި ޖަލުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

2016 އެޕްރީލް 16 ވަނަ ދުވަހުގެ ހެންދުނު 08:30 ގައި ފެށި މަސައްކަތް 12:00 ގައި ނިންމާލާފައިވާއިރު ޖަލުގެ ވަށައިގެން ހެދިފައިވާ ކުދި ގަސްތައް އެއްކޮށް ކޮށައި، ބޮޑެތި ގަސްތަކުގެ ތިރިއަށް ހުރި ގޮފިތައް ވަނީ ކޮށައި ސާފުކޮށްފައެވެ.

މި މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ ގިނައަދަދެއްގެ އޮފިސަރުންނާއި އެ ޖަލުގެ ބައެއް ގައިދީންވެސް ވަނީ ބައިވެރިވެ މަސައްކަތް ކޮށްފައެވެ.

އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އަހްމަދު ޖާދުﷲ ވިދާޅުވީ މި މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ޖޯށާއި ފޯރީގައި ކަމަށެވެ. އަދި މަސައްކަތުގައި ބައިވެރިވި ހުރިހާ އޮފިސަރުންނަށާއި ގައިދީންގެ އިތުރުން، މަސައްކަތަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ސީ.ޕީ.އޯ އަހްމަދު ޖާދުﷲ ވިދާޅުވިއެވެ.