ދުނިޔޭގެ ޞިއްހަތު ދުވަހާއި ގުޅުވައިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، މާފުށީ ޞިއްޙީ މަރުކަޒު ގުޅިގެން ގަސްއިންދުމުގެ ޕްރޮގްރާމެއް މިއަދު މާފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މާފުށީ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި މާފުށީ ސްކޫލް ކުރިމަތީގަޔާއި، މާފުށީ ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސް އިންދާފައި ވެއެވެ. މިއަދު އިންދާފައިވަނީ ހިޔާލިބޭ ގަސް ތަކެވެ.

މިފަދަ ހަރަކާތްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަމަލީގޮތުން ބައިވެރިވުމުގެ މަގްސަދަކީ އިޖްތިމާޢީ ހަރަކާތްތަކުގައި އެމް.ސީ.އެސްގެ ދައުރު ފުޅާކުރުމާއެކު، ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމެވެ.